މާލޭގެ ގެސްޓް ހައުސްއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ 41 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ ފެނިފައިވަނީ މައްޗަންގޯޅި ސަހަރާކައިރީ ހުންނަ ގެސްޓް ހައުސްއެއްގެ ރޫމެއްގެ ތެރެއިން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެތަނުގައި އެ އަންހެން މީހާ އުޅުނީ އާއިލާގެ އެހެން ބަޔަކާއެކު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު މެންދުރު 15:00 ގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.