އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި، ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް މިއަދު ނަގައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަ އަހަރު ކުއްޖާގެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ފުއްޕާމެއިން ލެގޯ ބްރިކް ނެގުމުގެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލްގެ ފުއްޕާމެ އާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ފުއްޕާމެއިން ނަގާފައިވަނީ ކުޑަ ލެގޯ ބްރިކެކެވެ.

ބޮޑަށް ބެލެވޭގޮތުގައި އެ އެތިކޮޅު ކުއްޖާގެ ފުއްޕާމެއަށް ދިޔައީ ނޭފަތަށް ލައިގެން އުޅުމުގެ ތެރޭގަ އެވެ. މިކަހަލަ އެއްޗެއް ދިރުވާލެވިގެން ފުއްމާޕެއަށް ދިއުން ނާދިރު ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ނުގުޅޭތީ، މިކަމާ ބެހޭ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.