ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ޚިޔާނަތުގައި ތިން ފަރާތަކަށް އެކި ނަންނަމުގައި ދޫކޮށްފައިވާ އދ. ފުށިދިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ގަވާއިދާ ހިލާފަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ޓޫރިޒަމް މިނިސްޓްރީގެ ތަހުގީގު ޓީމަކާއި ފުލުހުންގެ ޓީމަކާއި ގުޅިގެން ހޮނިހިރު ދުވަހު އެ ރަށަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެ ޓީމުން އެ ރަށަށް ގޮސް ބެލިބެލުމުން ޤާނޫނާ ޚިލާފަށް ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ ކަމުގެ މައުލޫމާތާއި، ޓޫރިސްޓުންނަށް ޚިދުމަތް ދެމުންދާ ކަމުގެ ރިކޯޑް ހުރިކަން ފާހަގަވެފައިވާތީ ޓޫރިޒަމް މިނިސްޓްރީން ވަކިގޮތެއް ނިންމަންދެން އެ ރަށް ވަނީ ބަންދުކޮށްފައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ފަތުރުވެރިން ތިބި ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެރަށުގައި ތިބި ތަކެއްޗާއި މީހުން ބޭލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ފަތުވެރިކަމަށް ތަރައްޤީ ކުރަން ނިންމި ފުށިދިއްގާ ރަށް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައި ދިފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ މ. ހަސްތީ، އަހުމަދު ޚަލީލް ނަމަކަށް ކިޔާ މީހަކަށެވެ. އޭރުގެ ސަރުކާރުން ޚލީލާއެކު އެއްވެސް އެއްބަސްވުމެއް ހަދާފައެއް ނުވެއެވެ.

ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އަޙްމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ''ރަށްދިއްގާ'' ގެ ނަމުގައި އެރަށް އެޗްއެމްއެޗް އަށް ތިން މިލިއަން ޑޮލަރަކަށް ވިއްކާލުމަށް ފަހު އޭގެ ފަހުން ހަމަ އަނެއްކާވެސް އެރަށް ވަނީ ''ފުށިދިއްގާ''ގެ ނަމުގައި ސަރުކާރުން މޯލްޑިވިއާނާ ޕްރައިވެޓް ލިމިޓެޑް އަށް އެ ހަ ލައްކަ ޑޮލަރަށް ވިއްކާލާފައެވެ.

އެ ރަށް ދެ ފަރާތަކަށް ދިފައިވާތީ ރަށުގެ ބެލެނިވެރިފަރާތާއި މެދު ވަކިގޮތެއް ނިމެންދެން ޓޫރިޒަމް މިނިސްޓައީން ނިންމާފައިވަނީ އެރަށް އެއްްވެސް ގޮތަކަށް ބޭނުން ނުކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.