ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި އިތުރު ބަޔަކަށް މީސްމީޑިއާގައި މަރުގެ އިންޒާރުދީފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުތަކުގައި އިންޒާރު ދެމުންދަނީ ސީޕީ ހަމީދާއި އެމްޑީއެންގެ ފައުންޑަރ މެމްބަރު އަދި އެޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއިލުގެ އިތުރުން ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

ޝަހިންދާއަށް އިންޒާރު ދީފައިވަނީ ދީނަށާއި ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އޭނާ ނިސްބަތްވާ ޖަމިއްޔާ، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އެޖަމިއްޔާއަށް އަމާޒުވެފައެވެ. އެގޮތުން އެޖަމިއްޔާ އުވާލުމަށާއި، ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވި އެޖަމިއްޔާގެ މެމްބަރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދާއި ސީޕީ ހަމީދަށްވެސް މަރުގެ އިންޒާރުދީ ޕޯސްޓުތަކެއް އާންމުކޮށްފައިވަނީވެސް އެ ރިޕޯޓުގެ މައްސަލައާ ގުޅިގެން ކަމަށް ލަފާކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.