އިމާދުއްދީން ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް ނައުޝާ އާދިލް ހޮވައިފިއެވެ.

އިމާދުއްދީން ސްކޫލުން މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮއްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިންރިސޯސް އަލްފާޟިލާ ޒަހާ ވަހީދެވެ. އެސްކޫލުން ވަނީ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރު ހޮވާފައެވެ.

2018 ވަނަ އަހަރު އިމާދުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން 3 ވަނަ އަށް ހޮވިފައިވަނީ އަލްތޯފް އަބްދުއްލަތީފެވެ. ދެވަނަ ދަރިވަރަކީ އާއިޝަތު ރީމާ އަހުމަދެވެ. އެސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅޫ ދަރިވަރަކަށް ހޮވުނީ ނައުޝާ އާދިލެވެ. ނައުޝާ އަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

އިމާދުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އެކި ގޮތްގޮތުން ފާހަގަ ކޮއްލެވުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. ޑިސްޓިންގްޝަން އެވޯޑް 17 ދަރިވަރަކު ހާސިލް ކޮށްފައިވާއިރު ސްކޫލުގެ 9 ދަރިވަރަކު ވަނީ މިދިޔަ އޯލެވެލް ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.

މިހަފްލާކުރިއަށް ގެންގޮސްފައިވާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ މަރުހަބާ ދެންނެވުމުގެ ގުތުން ކުރިއަށް ގެންދިޔަ ދަފިނެގުމުގެ ހަރަކާތެވެ. މީ މީގެ ކުރިން މިފަދަ ހަފްލާތަކުގައި ފެނިފައި ނުވާ ފަދަ ފުރިހަމަ ހުށައަޅައިދިނުމެކެވެ. މީގެ އިތުރުން މިހަފްލާގައި ޑާންސް އައިޓަމަކާއި ސްކޫލް ބޭންޑުގެ ހުށައަޅައިދިނުމެއްވެސް ވަނީ ކުރިއައްގެންގޮސްފަައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.