މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެޖަމިއްޔާގެ ފައުންޑަރ މެމްބަރު، ޝަހިންދާ އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ދިވެހި ފުލުހުން އަދި މިކަން ޔަގީންކޮށްދީފައި ނުވި ނަމަވެސް، ޝަހިންދާ ބޭރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ތަހުގީގަށް އޭނާ ހާޒިރު ކުރުމަށް ޗިޓު ހަވާލު ކުރާނެ އެޑްރެހެއް ހޯދަން ފުލުހުން އޭނާއާ ގުޅި ކަމަށާއި،  ޗިޓު ލިބޭތާ 14 ދުވަހުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ.

ޝަހިންދާ މިވަގުތު ހުރީ ޖަރުމަނުވިލާތުގައެވެ. އެހެންކަމުން ތަހުޤީޤަށް އޭނާ ރާއްޖެ އަންނާނެ ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި މާތް ނަބިޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އެތަކެއް ވާހަކައެއް ދައްކާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.