މާލޭގައި ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހެކެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާފަންނަނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:14 ހާއިރު ލިބުނު ކަމަށެވެ.

އެއާއެކު ފުލުހުން އެގެއަށް ގޮސް އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގައި މީގެކުރިން ވެސް ބިދޭސީން ރަހީނުކޮށް ފައިސާ ހޯދަން އުޅުމުގެ މައްސަލަތަކެއް ހިނގާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.