އެމް.ޑަބްލިޔު.އެސް.ސީގެ ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ "އެކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީއިން އޯޕަން ޑޭއެއް ކުރިއަށް ގެންގޮސްފިއެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމެވެ. އޯޕަން ޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުުންނާއި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އޯޕަންޑޭގެ މަޤުސަދަކީ، އެމް.ޑަބްލިޔު.އެސް.ސީގައި ހުރި ވަޒީފާތަކާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި، ވަޒީފާގެ މާހައުލާއި މެދު ޒުވާނުން  ހޭލުންތެރި ކުރުވުމެވެ. އެ ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އެކި ޑިޕާޓްމެންޓްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެކި ޑިޕާޓުމެންޓްތަކުގެ މަސައްކަތް ދައްކާލައި، އަމަލީ ގޮތުން އަމަލީ ގޮތުންވެސް މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ދީފައެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް އަކީ ރާއްޖޭގައި ހުރި ވަޒީފާތަކާއި ބެހޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ދީ ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.