ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް އައްޔަންކުރުމަށް މަހާޒް އަލީ ޒާހިރާއި، ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅު ފޮނުވިކަން ރައީސުލް ޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޢައްޔަންކުރެއްވުމަށް ފޮނުވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް އަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ގާޒީއެކެވެ. ދިޔާނާ ސައީދަކީ ކުރީގެ ބަންޑާރަ ނައިބްގެ މަޤާމު ފުރުއްވާފައިވާ ކަނބަލެކެވެ.

ސްޕްރީމްކޯޓްގެ ބެންޗަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާއިރު، މިހާރު ބެންޗުގައި 7 ބޭފުޅުން ތިއްބަވާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ބެންޗު އަކުލަވާލަފައިވާގޮތުން މިހާރު ތިއްބެވި 6 ބޭފުޅުންނާއިއެކު ދެން އައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ހުށަހެޅުއްވި 2 ނަންފުޅުގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ. ސުޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.