އިންކަމް ޓެކްސް ގާނޫނު ފާސްވެގެންދާއިރު މުުދަލު ޒަކާތް ނެރުން ފަސޭހަވެގެން ދާންޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ‏އިންކަމް ޓެކްސްގެ ޤާނޫނު ފާސްވެގެން އަންނަ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަވާނެހެން ކަންކަން ތަރުތީބު ވާންވާނެ ކަމަށެވެ. މުދަލު ޒަކާތް ދައްކާމީހާގެ ޓެކްސްގެ ކަންވާރުން އެބައި އުނިވާގޮތައް އޮންނަން ޖެހޭނެ ކަމުގައި ދެކޭ ކަމަށާއި މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ އިންކަމް ޓެކްސް ނެގުމުގެ ގާނޫނު ބިލު މަޖިލީހަށް ހުށަހަޅާފައެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އެގޮތުން 480،000އިން ފެށިގެން 720،000އާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުން 8 ޕަސެންޓުގެ އިންކަމް ޓެކުހެއް ނަގާ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.

އެބިލުގައި އިތުރަށް ހިމަނާފައިވަނީ 720،000 ރުފިޔާއިން 1،200،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުން 10 ޕަސެންޓުގެ އިންކަމް ޓެކުހެއް ދައުލަތަށް ދައްކަން ޖެހެއެވެ. އަދި 1،200،000އިން މަތިން އާމްދަނީ ލިބޭނަމަ 15 ޕަސެންޓުގެ އިންކަމް ޓެކުހެއް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.