މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން އެއްވެސް ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފިނަމަ އެކަން އެސްއެމްއެސް އެއް ނުވަތަ އީމެއިލްއެއް މެދުވެރިކޮށް އެންގޭނޭ ނިޒާމެއް ގާއިމްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ އިދާރާ މެދުވެރިކޮށް އެކައުންޓަކަށް ފައިސާ ޖަމާކޮށްފިނަމަ އެކަން އެންގޭނޭ ނިޒާމެއް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރި އިރު މޯބައިލް ނަމްބަރާއި އީމެއިލް ލިބިފައި ނެތް ފަރާތްތަކާއި، އަދި ރަޖިސްޓްރީ ކުރެވުނު ފަހުން އީމެއިލް އަދި މޯބައިލް ނަންބަރު ބަދަލުވެފައިވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައިވެއެވެ.

މި މެސެޖުތައް ފޮނުވަމުންދާނީ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1617 އަދި މިނިސްޓްރީގެ އީމެއިލް އެޑްރެސް އިން ކަމަށްވެސް ފިނޭންސުން ބުނެފައިވެއެވެ.

މީގެ އިތުރުން މިހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ވެންޑާ މެއިންޓަނަންސް ފޯމުގައިވާ ކޮމިއުނިކޭޝަން ބައި ފުރިހަމަ ކުރުމަށްފަހު ކުންފުންޏެއް ނަމަ ސޮއި އަދި ސްޓޭމްޕް ޖެހުމަށްފަހު [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.