ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ ބަޔަކު ގޮވައިގެން ދިޔަ ބަހެއް މަދީނާގެ ބޭރުން އެކްސިޑެންޓުވެ ބަހުގައި ތިބި 35 އުމުރާވެރިން ނިޔާވެއްޖެއެވެ.

މިހިތާމަވެރި ހާދިސާގައި ސަލާމަތްވީ އެންމެ ހަތަރު މީހުން ކަމަށް ސައުދީ ނޫސް އެޖެންސީތަކުން ރިޕޯޓުކުރެއެވެ. މަދީނާގެ ކައިރީގައި އޮންނަ ހިޖުރަ ކިޔާ މަގެއްގައި ހިނގި މިއެކްސިޑެންޓުގައި ބަސް ޖެހިފައިވަނީ އެކްސްކެވޭޓަރެއްގައެވެ. އަދި އިރުކޮޅެއް ފަހުން ބަހުގައި ވަނީ ރޯވެފައެވެ.

ސައުދީ އޮފިޝަލުން ބުނެފައިވަނީ ނިޔާވި 35 އުމުރާވެރިންނަކީ ވެސް ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ސަލާމަތްވި ހަތަރު މީހުންނަށް ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ހާމަކުރިއިރު ތަފްސީލެއް ނުދެއެވެ.

ދިވެހި އުމުރާވެރިޔަކު މިހާދިސާގައި ހިމެނޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.