އިނގިރޭސިވިލާތުގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓެއްގައި މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް އަނިޔާނުވެ ސަލާމަތްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސިޓީން އިއްޔެ ބޭއްވި ފަރިތަކުރުންތަކަށް އެތިހާދު ކެމްޕަސް އަށް ދިޔަ މަގުމަތީގައި އަގުއޭރޯ ދުއްވަން އިން ކާރުގެ ޓަޔަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން، މަންޒަރުދުށް މީހަކު މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓާއި ގުޅިގެން އަގުއޭރޯ ދުއްވަން އިން ރޭންޖް ރޯވާގެ ކަނާތް ފަރާތުގެ ކުރީ ފުރޮޅުގެ ޓަޔަރު ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފައިވާއިރު، މި ހާދިސާގައި އަގުއޭރޯ އަށް އަނިޔާނުވީ އޭނާ ދުއްވަން އިން ކާރު މަޑު ސްޕީޑެއްގައި ދުއްވާފައި ދިއުމުން ކަމަށްވެއެވެ.

މީގެކުރީން، 2017 ވަނަ އަހަރުގައި ހޮލެންޑްގެ އެމްސްޓެޑަމްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ސިޓީގެ ފޯވާޑް އަގުއޭރޯ އަށް އަނިޔާވެފައިވާއިރު، މިދިޔަ ހަފްތާގައި އާޖެންޓީނާގެ ގައުމީ ޓީމު ކުޅުނު މެޗުތަކުގައި ބައިވެރިވެފައިނުވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުން ކަމަށް ބެލެވެއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަގުއޭރޯ ވަނީ ސިޓީ އަށް މިހާތަނަށް ކުޅުނު ނުވަ މެޗުގައި 8 ލަނޑުޖަހާފައެވެ.

ބައިނަލް އަގުވާމީ މެޗުތަކަށް އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަންނަ ހޮނިހިރު ދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަށް ދެން އޮތީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. 

ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމުން، ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލްއާ ސިޓީ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް އިތުރުވެފައިވާއިރު. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.