މިބަލާލަނީ ހަށިގަނޑުގައި އުފެދޭ ސަރުބީ ވިރުވާލަދޭނެ ޤުދުރަތީ ކާނާތަކަކަށެވެ.

1. ފޮނިތޮށި

މިއީ ސެލްތަކަށް ގްލުކޯޒް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެކަން އަވަސް ކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ސަރުބީ ރައްކާކޮށްދޭ ހޯމޯން ކަމަށްވާ އިންސުލިންގެ އަސަރު ކުޑަވެގެން ދެއެވެ.

        

2. ރީނދޫ

ދާއިމީ ބަލިތަކުން ދުރުހެލިކޮށް ދިނުމުގެ އިތުރުން ރީނދޫ އަކީ އިންސާނާގެ ހަށިގަނޑުގައިވާ ފެޓް ސެލްތައް ވިރުވައިދޭ އެއްޗެއް ވެސް މެއެވެ.

3. ޓޮމާޓޯ ޖޫސް

ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަން ގައި ބުނެފައިވާ ގޮތުން 20 ދުވަހުގެ ތެރޭގައި އެންމެ 0.32 ލީޓަރުގެ ޓޮމާޓޯ ޖޫސް ބުއިމަކީ ދުޅަހެޔޮ މިންވަރަށްވުރެ ބަރު އަންހެނުންގެ ހަށިގަނޑުގައި ސިސްޓެމިކް އިންފްލެމޭޝަން ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ފެޓް ހަލާކުކުރުމަށް އެހީތެރިވެދޭ ޕްރޮޓީން އެއް ކަމަށްވާ "އެޑިޕޮނެކްޓިން"ގެ ލެވެލް އިތުރު ކުރުމުގައި ވެސް ޓޮމާޓޯ ޖޫސް އެހީތެރިވެދެ އެވެ.

4. ހެލެނބެލި

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ހެލެނބެލި ކެއުމަކީ ބަނޑުހައިވާ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެއީ ހެލެނބެލި އަކީ ހަށިގަނޑުގައި ސެރޮޓޮނިން ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭ އެއްޗަކަށް ވާތީ އެވެ.

. އިތާ

މިއީ ވަރަށް މަދުން ކެލޮރީސް ހުންނަ އަދި ގިނަ އަދަދަކަށް ޒިންކް އެކުލެވިގެންވާ އެއްޗެކެވެ. އިތާ ކެއުމަކީ ބަނޑުހައިވާ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

6. ފަތް ކޮޕީ

ޖޯޑް ފަތް ކޮޕީ ގައި 10 ގްރާމް ފައިބަރ އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ލިވާގައި ހުންނަ ވިހަތައް ނައްތާލައި ހަށިގަނޑުގައި އާ ފެޓް ސެލްތައް އުފެދޭ މިންވަރު ކޮންޓްރޯލް ކޮށްދެ އެވެ.

7. ޗިއާ ސީޑްސް

އޮމެގާ-3 ފެޓްސް، ފައިބަރ އަދި ޕްރޮޓީން އެކުލެވިގެންވާ ޗިއާ ސީޑްސް އަކީ މެޓަބޮލިޒަމް އަވަސްކޮށްދީ، ގްލުކަގަން އޮން ކޮށްދިނުމުގެ އިތުރުން ބަނޑުހައިވާ މިންވަރު ވެސް ކުޑަކޮށްދޭ އެއްޗެކެވެ. ގްލުކަގަން އަކީ ހަށިގަނޑުގައި ފެޓް ވިރުވައިދޭ ހޯމޯންތަކުގެ ތެރެއިން އެއް ހޯމޯނެވެ.

8. އެވޮކާޑޯ

މިއީ ހަށިގަނޑުގައި ފެޓް ރައްކާތެރިކޮށްދޭ ހޯމޯންތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ސެލްތަކަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އިތުރުން އެވޮކާޑޯ އަކީ މެޓަބޮލިޒަމް އަވަސްކޮށްދީ، އެނާޖީ ސެލްތައް ރައްކާތެރިކޮށްދޭ އެއްޗެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.