ބަރުދަން ލުއިކުރުމަކީ ގިނަމީހުންނަށް ވަރަށް އުނދަގޫ ކަމަކަށްވެފައިވާ ކަމެކެވެ. އެހެންނަމަވެސް ކުޑަހިތްވަރެއް ކޮށްލައިފިނަމަ މީވެސް ނުވާނެކަމެކޭ ނުބުނެވޭނެއެވެ.
އެގޮތުން ތިރީގައިމިވާ ޑައިޓް ޕްލޭންއާއި އެއްގޮތަށް ކައިފިނަމަ، އެއްވެސް ކަސްރަތެއް ނުކުރިޔަސް ދެ ހަފްތާއިން ފަސް ކިލޯ ލުއިވާނެއެވެ.
ދުވަހުގެ ނާސްތާ
ސްކިމްޑް ކިރާއިއެކު އެއް ޖޯޑު ކޯންފްލޭކްސް (ބޭނުން ވައްތަރެއް) ނުވަތަ އޯޓްސް
މެންދުރު ކެއުން
ހަކުރު ނާޅާ އޮރެންޖު ޖޫސް ތައްޓެއް، ދެ ބްރައުން ބްރެޑް ސޭންޑްވިޗް (އެތެރެއަށް އަޅާނީ ވަޅޯ މަސް، ލެޓިއުސް ނުވަތަ ކޮޕީ ފަތް، ކެރެޓްއާއި ޓޮމާޓޯއާއި ކިއުކަމްބާ ތުނިކޮށް ފޮތިކޮށްފައި)
ހަވީރު ސައި
ކަޅު ސައި ތަށްޓެއް (ހަކުރުނާޅާ)
ރޭގަނޑު ކެއުން
އެއް އާފަލު އަދި އެއް އޮރެންޖު
އަޖުމަބަލައިލަ ބަލާށެވެ. އިންޝާ ﷲ ނަތީޖާ ފެންނާއެވެ.