ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓްރ ސަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒައިލްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ސަޒައިލް ސަސްޕެންޑް ކުރީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓް ކޮރަޕްޝަން"ގެ ދަށުންނެވެ.

ސަޒައިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ފުރިހަމައަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށް ސަޒައިލް ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަޤީންކަން މިފުރުސަތުގައި އެންމެންނަށް އަރުވަން" ސަޒައިލްގެ ޕޯސްޓްގައި ވެއެވެ.

ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އަގު ބޮޑުކޮށް ގޭސް ގަންނަކަމަށް ތުހުމަތުކޮށް ޝަޒައިލްގެ މައްސަލަ ބަލަން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ގޮވާލާފައިވެސް ވެއެވެ.

ޝަޒައިލް މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖަނަވަރީ މަހުއެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.