އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް، މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް)ގެ ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފިއެވެ.

އެމްސީއައިއެފް އަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްގީ ކުރުމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ  ހެދުމުގެ މަގުސަދުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމިން ނެރުއްވި ގަރާރެއްގެ ދަށުން 2016 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އުފެއްދި ސެންޓަރެކެވެ.

ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާއި  ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު  ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފައެވެ.

ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުން އެ ސެންޓަރުގެ ޗެއާމަން ކަމަށް ގާސިމް އައްޔަންކޮށްފައި ވާއިރު، އިތުރު ދެ ކުންފުންޏެއްގެ ބޯޑަށް ވެސް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުކަމަށް މަރިޔަމް ރަޝީދާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުކަމަށް ޖާދުﷲ ނާޒިމް ވަނީ އައްޔަނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.