"އެމް.ޑީ.އެން" ގެ ފަރާތުން ނެރެފައިވާ ރިޕޯރޓަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް މުވައްޒަފުން، ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުޢޫރުތައް ފާޅުކުރަމުންދާ މައްސަލާގައި ދިވެހި ފުލުހުން އެކަން އެގޮތަށް ނުކުރުމަށް ފުލުހުންނަށް އިލްތިމާސް ކޮށްފިއެވެ. މިހެން ފުލުހުން އިލްތިމާސް ކޮށްފައިވަނީ ފުލުހުން ނެރެފައިވާ އިންޓާނަލް މެމޯއެއްގައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމްޑީއެން ގެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއް ކަމާއި، މި މައްސަލައާ ގުޅޭގޮތުން ނޫސްބަޔާނެއް ވެސް ނެރެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ އެކަމުގެ ސަބަބުން މުޢައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލަކަށް ވާތީވެ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް ނަސޭޙަތްތެރި ވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަށް އެބަޔާނުގައި ވެއެވެ.

ފުލުހުން މިބަޔާން ނެރެފައި މިވަނީ ޕޮލިސް ކޮމިޝަނަރ ހަމީދް އެމްޑީއެމްގެ ބޯޑް މެންބަރުކަން ކުރައްވާފައި ވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ޢާންމުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ އިދާރާއިން އެމްޑީއެންއާ ބެހޭގޮތުން ވާހަކަ ނުދައްކަން ފުލުހުންނަށް އަންގާފައި ވާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އިންނަށްވެސް މިއަދުވަނީ މިފަދަ އެންގުމެއް އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.