މުޅި ދުނިޔޭގެ މަޤުބޫލުކަން ހޯދައިފައިވާ އިންޑިއާގެ ހަވެލްސް ކުންފުނީގެ، ދެ ބްރޭންޑެއް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އިއްޔެ ދަރުބާރުގޭގައި ފެށި އިންޑިއަން އެކްސްޕޯ 2019ގައި ސެވެން ވީކްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ، ލޮޔިޑް ބްރޭންޑްގެ އޭސީއާއި ސްޓޭންޑާޑް ބްރޭންޑްގެ ފަންކާއެވެ.

ލޮއިޑް ބްރޭންޑްގެ އޭސީއަކީ، ގިނަ ފީޗަރ ތަކެއް އެކުލެވޭ، އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މޮޅު އޭސީއެވެ.

ހަވެލްސް ކުންފުނީގެ އޮފިޝަލަކު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ބްރޭންޑްގެ އޭސީއިން އެންމެ 45 ސުކުންތުގެ ތެރޭގައި 18 ޑިގްރީ ސެލްސިއަސްއަށް ފިނިކޮށްދޭނެ ކަމަށެވެ. އަދި އެ އޭސީގައި ވައިފައި ކަނެންޓިވިޓީ އެކުލެވިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އޭސީގައި ވައިފައި ކަނެކްޓިވިޓީ އެކުލެވިގެންވާނެ. އެހެންކަމުން ވައިފައި އަށް ކަނެކްޓް ކުރެވޭ އެޕްލިކޭޝަނެއް ޑައުންލޯޑް ކޮށްގެން  ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ އޭސީއާއާއި ކުޅެލެވޭނެ" އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ލޮއިޑް ބްރޭންޑްގެ އޭސީގައި އެކުލެވިގެންވަނީ ރާއްޖެ ފަދަ ހޫނު ގަދަ ޤައުމަކަށް އެކުލެވިގެންވާ ފަދަ ބްލޫފިން ސެންޑެންސަރ އެކެވެ.

އަދި އޭސީއަށް އަޅާ ގޭހަކީ ތިމާވެއްޓާއި ރައްޓެހި، (ގްރީން ގޭސް) ކަމަށް އޭނާ ވިދާޅުވިއެވެ. 

ހަވެލްސް ކުންފުނިން ލޮއިޑް ބްރޭންޑްގެ އޭސީއަށް ތިން އަހަރު ދުވަހުގެ ވޮރެންޓީއެއް ދޭއިރު، އެއްވެސް މައްސަލައެއް ދިމާނުވެ 10 އަހަރު އޭސީ ގެންގުޅެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އިއްޔެ ރާއްޖެއަށް ތައާރަފްކުރި، ސްޓޭންޑަރޑް ބްރޭންޑްގެ ފަންކާއަކީވެސް ކޮލެޓީ ރަނގަޅު މޮޅު ފަންކާއެކެވެ. އެ ފަންކާ އުފެއްދި ސްޓޭންޑަރޓް ބްރޭންޑަކީ އެތައް އަހަރެއްވެފައިވާ ބްރޭންޑެެކެވެ. އަދި އެ ފަންކާ އުފެއްދި ހަވެލްސްއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ އެންމެ ބޮޑު ފަންކާ އުފައްދާ ކުންފުންނެވެ. އެ ބްރޭންޑުން ހުރިހާ ވައްތަރެއްގެ ފަންކާ އުފައްދައެވެ.

އެ ބްރޭންޑްގެ ފަންކާއަކީ، އެހެން ފަންކާތަކަށް ވުރެ ކަރަންޓުގެ ހަރަދު ކުޑަ ފަންކާއެކެވެ. އެގޮތުން އެ ފަންކާއަކީ 65-70 ވޯޓުގެ ކަރަންޓް ސަލާމަތްކޮށްދޭ ފަންކާއެކެވެ. ފަންކާގެ ހުރިހާ ފިޔައެއް އެލްމެނިއަމްއިން ހަދާފައިވާއިރު، ދަނބަރު ޖެހުން ފަދަ އެއްވެސް ކަމެއް ނުވާނެ ކަމަށް ކުންފުނިން ބުނެއެވެ.

މި ދެ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ ސެވެން ވީކްސް ސަނިޓަރީ ވެއަރ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.