އެންމެ ބޮޑު ހިތުގެ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވި ދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މިޤައުމުން މިއަދު މިފެންނަމުންދާ ހަމަޖެހުމަކީ ރައީސް ޞާލިހްގެ ޙިކުމަތްތެރި ދުރުވިސްނުންފުޅު ކަމަށެވެ.

އެމަނިކުފާނަށް މިއަދު އެމަޤާމުގައި ހުންނެވުނީ ރައީސް އެފަތްކޮޅުދެއްވީމަކަމަށާއި އެމަނިކުފާނުގެ ހަޔާތްޕުޅުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދަކީ ވަރަށް ބޮޑު ރޯލެއް އަދާކުރެއްވި ދެބޭފުޅުންކަމަށް ވިދާޅުވިއެވެ. މިއަދު ހުރިހާ ޕާޓީތަކެއް އެއްކޮށް ތިބެމުގެ އަސްލަކީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންގެ ހުރި އަމިއްލަ ގޮތްތައް ދޫކުރައްވާ އެކުގައި މަސައްކަތް ކުރެއްވުންކަން، ފާހަގަކުރައްވައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވި ކަމުގައި ވީނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން ޖޭޕީ ވަކިވާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

"ކްރޮސްރޯޑް" ގެ ގޮތުގައި ޖޭޕީ ސިފަ ކުރައްވާ އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އެކި ޕާޓީތަކުން އައިސް ތިބި އެކިވައްތަރުގެ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

ޖޭޕީގެ ރައީސް ކަންވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ. ގާސިމަށް ފާޑު ކިޔަން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މި ސަރުކާރު ގެންނަންވެސް ވަރަށް ބޮޑު ގުރުބާނީއެއްވި ބޭފުޅެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.