މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ފަސްވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ. ފަރީދީ މަގުގައި ހަދަމުންދާ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން މިއަދު ހެނދުނު 9:52 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.