އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް އެމްޑީޕީގެ މިހާރުގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ކަމަށާއި އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމު މިހާރުވަނީ ހުސްވެފައެެވެ. އެހެންވެ އެޕާޓީން ވަނީ މިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމައި މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އެމްޑީޕީން ބުނީ މި ދެމަގާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރި އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތިލެއްވި އިރު އެމަނިކުފާނަށް ތާއިދުކޮށް އެޕާޓީގެ ބައެއްް އެކްޓިވިސްޓުން ރެއިން ފެށިގެން ވަނީ ކެމްޕެއިން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.