ފުލުހުންނަށް އިންޒާރުދިން އުމުރުން 19 އަހަރުގެ ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރި 20 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 03:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާ ކައިރީގައި ހުރި 19 އަހަރުގެ ދިވެހި ފިރިހެނަކު މާރާމާރީ ހިންގާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މާފަންނު ޕޮލިސް އިން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުންނަށް އިންޒާރު ޤާނޫނީ ކުށެކެވެ.