ބައެއް މީ ހުންނަކީ އެމީހުންގެ ރީތިކަން ދެމެހެއްޓުމަށްޓަކައި މޭކަޕްގެ ބޭނުން ކުރަން އެހާބޭނުންނުވާ މީހުނެވެ. އަދި ހަމަ މިއާއިއެކު ޤުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ތަރިއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެތްރީނާ ކައިފްއެވެ. ކެތްރީނާ ޤަބޫލުކުރާގޮތުގައި މޭކަޕްކޮށްގެން އެލިބޭ ރީތިކަމަށްވުރެން ޤުދުރަތީ ރީތިކަން މާފުރިހަމައެވެ. އެގޮތުން ކެތްރީނާ އޭނާއަށް ލިބިފައިވާ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރާ ބައެއް ކަންތައްތަކައް ބަލާލާނަމެވެ.

މޫނުގެ ރީތިކަން ދެމެހެއްޓުމަކީ އޭނާއެންމެ އިސްކަމެއްދޭ އެއްކަމެވެ. އެގޮތުން މޫނުގެ ތާޒާކަމާއި ރީތިކަން ދެމެހެއްޓުމައްޓަކައި އޭނާކުރާ ބައެއްކަންތައްތައް އިންސްޓަރގްރާމްގައި އޭނާހިއްސާކޮށްފައިވާ ވީޑިއޯއަކުން ވަނީ އާންމުންނަށް ދައްކާލާފައެވެ. މި ވީޑިއޯގައި ދައްކާ ގޮތުން  ހެނދުނު  ހޭލައިގެން އޭނާ އެންމެ ފުރަތަމަވެސް ކުރާކަމަކީ ބޯތައްޓަކައް އައިސްކިއުބު އެޅުމަށްފަހު އޭގެތެރެއަށް ފެންއަޅާފައި 10 ސިކުނަތު ވަންދެން މޫނު ތަށިތެރެއަށް ލައިގެން  ހުންނަނީއެވެ. މިގޮތަށް 3 ފަހަރު ތަކުރާރު ކުރެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ  ހެނދުނު  ހޭލައިގެން ކޮންމެ ދުވަހަކުވެސް 4 ތަށި ފެން ބޯކަމަށެވެ. އަދި ހަމަ އެއާއިއެކު ރީތިކަން ދެމެހެއްޓުމައްޓަކައި ރަނގަޅުކާނާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އެގޮތުން އަސައި ބެރީ އާއި ވީޓްގްރާސް ޕައުޑަރ ކެއުމުގައި ބޭނުންކުރާ ކަމަށެވެ.

އެންމެ މުހިންމު ކަމަކަށް އޭނާ އަބަދުވެސް ދުވާލުގެ ވަގުތުތަކުގައި ބޭރަށް ނުކުންނަކަމުގައި ވަނީނަމަ މޫނުގައި އާއި ގައިގެ ހަންގަޑު އިރުގެ އަވިން ލިބޭ ގެއްލުންތަކުން ރައްކާތެރި ކުރުމަށްޓަކައި މޮއިސްޗަރައިޒަރ ބޭނުންކުރުމަށް  ހާއްސަ ސަމާލުކަމެއް ދޭކަމަށް އޭނާ ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.