ޓްރާސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މުވައްޒަފަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ މަސްތެެރޭ ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ސިވިލްސާވިސް މުވައްޒިފުންނާ މެދު ފިޔަވަޅު އަޅާނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ނަމަވެސް މުވައްޒަފުން ފަރުވާކުޑަކޮށް ހިދުމަތްދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެފަދަ މުވައްޒަފުންނާމެދު އިންސާފުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވުދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ މެދު ނިކަމަތިކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކުރެވޭ ނުވަތަ ޚިދުމަތްދެވޭ ނޫނީ ދަށް ފެންވަރުގައި ޚިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިންނަކީ ރައްޔިތުން." ނަހުލާ ވިދާޅުވި އެވެ.ނަހުލާ ވިދާޅުވީ އުސޫލުތަކުން މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް ބިރެއް ނެތްކަމަށާއި އަދި އެއްވެސް މުވައްޒިފަކާ މެދު އިންސާފުން ބޭރުން ފިޔަވަޅެއް އަޅުއްވާގެން ނުވާނެ ކަމަށާ އެފަދައިން ފިޔަވަޅެއް ނުވެސް އަޅުއްވާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 49 މުވައްޒަފަކު ސޮއިކޮށް ރައީސަށް ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ. ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައިނުވާކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައުވަނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އަންނަނީ ދަށްފެންވަރުގެ ހިދުމަތްތެއް ކަމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ހމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެގޮތުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތާއި އެ ފަރާތްތަކާމެދު މުހާތަބު ކުރާނެ ގޮތްތަކުގެ ތަމްރީނު މުވައްޒަފުންނަށް ދޭނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.