މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.

ރައީސުލްޖުލްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ފުރުޞަތު މިއަދުން ފެށިގެން 20 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވައިލައްވައިފައިވާކަމަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުއްވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީކަމަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.