ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މޫނު ލޯގަނޑުންފެންނަން ބޭނުންވާނީ ވަރަށް ރީތިކޮށެވެ. މޫނުގެ ހަންގަނޑުގެ ކުލަ އަނދިރިވެފައި، ރާޅުވެ ނުވަތަ ބިހިނަގާފަ ހުރުމަކީ ގިނަބަޔަކު ވަރަށް ކަންބޮޑުވާކަމެކެވެ.

މިކަމަށްކުރެވިދާނެ ގިނަފަރުވާތަކެއް މިއަދުގެ ބާޒާރުގައި އެބަހުއްޓެވެ .އެހެންނަމަވެސް ބާޒާރުން ލިބެންހުންނަ ގިނަ ބާވަތްތަކުގައި ކެމިކަލް އެކުލެވިގެންވާ މިންވަރު މަތިވުމުގެ ނަތީޖާއަކީ މޫނުގެ ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމެވެ.

މި ލިޔުމުގައި މިބަލައިލަނީ މިގޮތުން ފަސޭހަކަމާއި އެކު ލިބެންހުންނަ ކެމިކަލްގެ މާއްދާ ނުހިމެނޭ ބަވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ބްލީޗްތަކަކަށެވެ.

1- އޮއިލީ ސްކިން:

މިބްލީޗް ތައްޔާރުކުރުމަށް ބޭނުންވާނީ

- 1 ކުޑަ އަލުވި

- 1/3 ކިއުކަމްބަރ

- 1/3 ލިބޯ

- 1 ސަމްސާ ގަނޑުލު ފުށް

- 1 ސަމްސާ ގޮދަން ފުށް

ކިއުކަމްބަރ އަދި އަލުވި ކުދިކޮށް ކޮށާލުމަށްފަހު މިކްސްޗަރ އިން ބްލެންޑް ކޮށްލާށެވެ. ދެން ލުނބޯ ،ހަނޑުލު ފުށް، ގޮދަން ފުށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި މޫނު ސާފުކޮށްލުމަށްފަހު 2 މިނިޓް ނުވަތަ 3 މިނިޓް ވަންދެން މޫނު ސްޓީމް ކޮށްލާށެވެ. އޭގެފަހުގައި މި ބްލީޗް އުނގުޅާފައި 20 މިނިޓް ބަހަށްޓާށެވެ. ދެން މޫނު ދޮވެލުމަށްފަހު ރަނގަޅަށް ހިއްކައިލައިފައި ރަނގަޅު މޮސްޗަރައިޒަރ އެއް އުނގުޅާލާށެވެ.

އަލުވި އަދި ލުނބޯއަކީ އޭގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަންގަނޑު އަލިކޮށްދިނުމަށް އެހިީތެރިވެދޭ އެއްޗެކެވެ. އަދި ކިއުކަމްބަރ ގައި ހައިޑްރޭޓެޑް އެކުލެވިގެންވާތީ މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.

2- ޑްރައި ސްކިން:

މި ބްލީޗް ތައްޔާރުކުރުމަށް ބޭނުންވާނީ

- 2 ސަމްސާ ލުނބޯ

- 1 ސަމަސާ މާމުއި

ކުޑަ ތައްޓެއްގެ ތެރެއަށް ލުނބޯ އަދި މާމުއިފޮދު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެންމޫނުގައި އުނގުޅާލުމަށްފަހު 10 ވަރަކަށް މިނެޓް ބަހައްޓާފައި ތާފަނާ ފެނުން މޫނު ދޮވެލާށެވެ. އެއަށްފަހު މޫނު ހިއްކާލާ ރަނގަޅު މޮއިސްޗަރައިޒަރ އެއް އުނގުޅާލާށެވެ.

ލުނބޯއަކީ އޭގައި ހިމެނޭ ގިނަ މާއްދާތަކުގެ ސަބަބުން ހަންގަޑުގައި ހުންނަ ކުރަކިކަން ފިލުވާލަދީ ހަންގަނޑު ސާފުކޮށްދޭ އެއްޗެކެވެ. މާމުޔަކީ ހިކި ހަންގަޑަށް މޮއިސްޗަރައިޒަރ އެއްފަދަ އެއްޗެކެވެ. މާމުއިގައި ހުންނަ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަންގަނޑު ހަލާކުވުމުން ސަލާމަތްކޮށްދެއެވެ. އަދި ހަލާކުވެފައިވާ ހަންގަޑެއްނަމަ އަލުން ތާޒާކޮށްދިނުމަށް އެހީތެރިވެދެއެވެ.

3- ކޮމްބިނޭޝަން ސްކިން:

މި ބްލީޗް ތައްޔާރުކުރުމަށް ބޭނުންވާނީ

1- ސަމްސާ އޮރެން ޖުތޮށި

1- ސަމްސާ މާމުއި

2- ސަމްސާ ޓޮމާޓޯ ޕޫރީ

އޮރެންޖް ތޮށި އަވިން ރަނގަޅަށް ހޫނުކޮށްލުމަށްފަހު ބްލެންޑްކޮށްލާށެވެ. ދެން އޭގެތެރެއަށް މާމުއި އަދި ޓޮމާޓޯ ޕޫރީ އެއްކޮށްލާށެވެ. މޫނުގައި އުނގުޅާލުމައްފަހު 20 މިނިޓް ބަހައްޓާފައި އާދައިގެ ފެނުން މޫނު ދޮވެލާށެވެ.

އޮރެންޖަކީވެސް އޭގައި ހިމެނޭ ގިނަ މާއްދާތަކުގެ ސަބަބުން މޫނުގެ ހަންގަނޑު އަލިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ކޮމްބިނޭޝަން ސްކިންއޭ މިކިޔަނީ އޮއިލީ އަދި ޑްރައި ދެބައި އެކުވެފަ ހުންނަ ހަމަށެވެ. މޫނުގެ (ޓީޒޯން) ތެޔޮވެފަ ނަމަވެސް އެހެން ބައިތަށް ޑްރައި ސްކިންގައި ހުންނަ ގޮތައް ހުރެއްޖެނަމަ އެއީ ކޮމްބިނޭޝަން ސްކިންއެވެ.

ވިސްނާލަންޖެހޭ ކަމަކީ މޫނުގެ ހަންގަޑު އަބަދުވެސް ތާޒާކަންމަތީ ހަލާކުވިޔަނުދީ ބެހެއްޓުމަށްޓަކައި މޮއިސްޗަރައިޒް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.