އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހައްގުވެރިންނާ ހަވާލުކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓު ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓު އެގްރިމެންޓު ދޫކޮށް، އެގްރިމެންޓުގައި ސޮއިކޮށް، ފްލެޓުގެ ހައްގުވެރިންނާ ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓުގެ ތެރެއިން 150 ފްލެޓު ހާއްސަކޮށްފައިވަނީ އެ އަވަށުގެ ރައްޔިތުންނަށެވެ.

ހިތަދޫގައި އެޅި ފްލެޓުތަކުގެ ތެރެއިން 30 ފްލެޓު މަރަދޫއާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާއިރު،  ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 50 ފްލެޓު ހާއްސަކޮށްފައިވެއެވެ.

ހިތަދޫގައި އަޅާފައިވާ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ފްލެޓުތަކަށް 446 މީހަކު ކުރިމަތިލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.