މިޖުތަމަޢުގެ އަމަންއަމާންކަން ގެއްލޭގޮތައް އަދި ޓެރަރިސްޓް ޖަމާޢަތްތަކަށް ހިތްވަރުލިބޭގޮތަށް ވާހަކަދައްކާ އެފަދަ ޕޯސްޓްތަކެއް އާންމުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުހެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

މިކަމާގުޅިގެން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލްމީޑިއާގައި އާންމުކުރުމުންކަމަށެވެ.

މިމީހާއަކީ ޓެރަރިޒަމް ޤާނޫނުގެދަށުން މިގެނެވުނު އިސްލާހުގެ ދަށުން ހައްޔަރުކުރެވުނު ފުރަތަމަ މީހާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.