ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގައި އިމާރާތްކުރަން ފެށި ޓާޝަރީ ހޮސްޕިޓަލުގައި ފެންބޮޑުވެ ގެއްލުންވެއްޖެ އެވެ.

ޓާޝަރީ ހޮސްޕިޓަލުގައި ފެންބޮޑުވެފައިމިވަނީ މިއަހަރު ތެރޭ އެތަނުގެ ފުރާޅު ބަދަލުކޮށްފައިވަނިކޮށެވެ.

އެ ހޮސްޕިޓަލުގައި ފެން ބޮޑުވެފައިވާ ތަންތަނުގެ ތެރޭގައި މުޅިން މަސައްކަތް ނިމިފައިހުރި ވޯޑެއްވެސް ހިމެނެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެތަނުގައި ހުރި އެނދާއި އެހެނިހެން ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.

އެނގިފައިވާ ގޮތުގައި އެ ހޮސްޕޮޓަލުގައި ފެންބޮޑުވެފައިވަނީ ފުރާޅުން ފެން ފައިބައިގެންނެވެ.

އައްޑޫ ސިޓީއަށް ދަނީ ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.