ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޙިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ސްޓާފް އަލްޢުޛްތާޒް ޢަލީ ޒާހިރުއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަށްތައް ވަނީ 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ޤާއިމްކޮށް، ޙިދުމަތް ފެށިފައެވެ.

ގއ. ކަނޑުހުޅުދޫ އަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ މީހުން މީގެ ކުރިން މި ޚިދުމަތް ހޯއްދަމުން އައީ ކައިރީގައި ހުރި ލެބޯރޓްރީ ޚިދުމަތްދޭ ރަށްރަށް ކަމުގައިވާ ގއ. ގެމަނަފުށި ސިއްޙީ މަރުކަޒު އަދި ގދ. ގައްދޫ ސިއްޙީ މަރުކަޒުންނެވެ. މިއީ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ.

އެހެންކަމުން، މި ޚިދުމަތް މި ރަށުގައި ތަޢާރަފް ކުރުމުގެ ސަބަބުން މި ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައެވެ.

ގއ. އަތޮޅުގައި ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ، ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ގެމަނަފުށި ސިއްޙީ މަރުކަޒު، ގއ. ދާއްދޫ ސިއްޙީ މަރުކަޒު، ގއ. ދެއްވަދޫ ސިއްޙީ މަރުކަޒު، ގއ. ކޮލަމާފުށި ސިއްޙީ މަރުކަޒުގެ އިތުރުން އަދި ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.