ރާއްޖޭގައި އެންމެ ބޮޑު ފިތުނައެއް އުފެއްދި މީހަކީ އިސްލާމިކް މިނިސްޓަރ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ބުނެފިއެވެ.

އިބުރާ މިގޮތަށް ބުނެފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި، ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިބުރާ މިއަދު ކުރި ޓްވީޓުގައި ވަނީ މި ފަހަކަށް އައިސް އިސްލާމިކް މިނިސްޓަރަށް ވުރެ ބޮޑަށް ރާއްޖޭގައި ފިތުނައެއް އުފެއްދި މީހަކު ހުންނާނެތޯ ސުވާލުކޮށްފައެވެ. އަދި އެ ފިތުނައިގެ ޝިކާރައަކަށްވަނީ ރައްޔިތުން ކަމަށް އިބުރާ ވަނީ ބުނެފައެވެ.

އިބުރާ އަކީ އެމްޑީއެންފެ ފައުންޑަރ ޝަހިންދާ އިސްމާއިލްގެ ބޭބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.