އުރީދޫއިން އެންމެ ފަހުގެ  އެޕަލް އައިފޯން 11، އަދި 11 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ މޫލީ މެދުވެރިކޮށް އެންމެ ފަހުން ނެރުނު އައިފޯންގެ މޮޑެލްތަކަށް ޕްރީއޯޑަރ ކުރަން ހުޅުވާލި ފުރުސަތާއެކު އެއްފަހަރާ ފައިސާ ދައްކައިގެން އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އައިފޯން ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން އައިފޯން 11 ގެ 128 ޖީބީ އަދި 256 ޖީބީގެ މޮޑެލް ގަތުމަށް ޑައުންޕޭމަންޓްގެ ގޮތުގައި 2،999 ރުފިޔާ ދައްކަން ޖެހޭއިރު މަހު ފީއަށް ދައްކަން ޖެހެނީ 1200 ރުފިޔާއާއި 1400 ރުފިޔާއާ ދެމެދުގެ އަގެކެވެ.

އައިފޯން 11 ޕްރޯގެ 256 ޖީބީ މޮޑެލް އަދި އައިފޯން 11 ޕްރޯ މެކްސްގެ 64، 256 އަދި 512 ޖީބީ މޮޑެލްތަކުގެ ޑައުންޕޭމަންޓަށް ކަނޑައަޅާފައިވަނީ 4،999 ރުފިޔާ އެވެ. އަދި މަހު ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް ހުރީ 1700 ރުފިޔާއާއި 2400 ރުފިޔާއާ ދެމެދުގައި އެވެ.

އުރީދޫއިން ބުނީ އެންމެ ފަހުގެ އައިފޯންތައް ޕްރީއޯޑަރގެ ދަށުން ވިއްކަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވުމާއެކު އިސްކަންދޭނީ ކުރިން ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.