މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރުނު މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، އެ ޖަމިއްޔާގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ރާއްޖޭގައި ނެތްކަން ފުލުހުން ކަށަވަރުކޮށްދެއްވައިފިއެވެ.

ޝަހިންދާ ރާއްޖޭގައި ނެތްކަން ފުލުހުން ކަށަވަރުކޮށްދީފައި މިވަނީ އޭނާ ރާއްޖޭގައި ނެތް ކަމަށް ބުނެ މީސްމީޑިއާގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޝަހިންދާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ޖަރުމަނަށް ކަމަށާއި، އޭނާ މިހާރު ބޭރުގެ ހިމާޔާތް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ ވާހަކަތައްވެސް ދަނީ ފެތުރެމުންނެވެ.

ފުލުހުން ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އެ މުއައްސަސާގެ ސަމާލުކަމަށް އައިއިރުވެސް ޝަހިންދާ ރާއްޖޭގައި ނެތް ކަމަށެވެ.

ޝަހިންދާ ރާއްޖޭގައި ނެތްކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، އެމްޑީއެން ރިޕޯޓުގެ މައްސަލައިގައި އެ ޖަމިއްޔާ ވަގުތީގޮތުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.