ކެނދިކުޅުދޫގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ނިޔާވެފައިވަނީ ބާރު ސްޕީޑުގައި ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އެރަށު ސިއްޙީ މަރުކަޒު ކުރިމައްޗަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 7:55 ހާއިރުއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އެރަށު ވައިޖެހޭގެއާގެ، އުމުރުން 40 އަހަރުގެ ސަމްސިއްޔާ ޔޫސުފެވެ.

އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 06:00 ހާއިރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.