މަގުތައް ހަދައި ބަލަހައްޓަން ރައީސް ޞާލިހް އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކު ހަމަޖައްސައިފިއެވެ.

"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އުފެއްދެވީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މިއީ ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ސަރުކާރުގެ ކުންފުންޏެކެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މޫސާ އަލި މަނިކު ހަމަޖައްސާފައިވާ ކަމަށެވެ. މޫސަފެ އިތުުރުން އެހެން ބޭފުޅަކު އަދި އެ ކުންފުނީގެ އިސް މަގާމަކަށް ހަމަޖައްސާފައެއް ނުވެއެވެ.

 މޫސާ އަލި މަނިކަކީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރި ފަރާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.