އިއްޔެ ހަވީރު ފީނަން އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އަނިޔާވީ ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނަކަށެވެ.

އޭނާގެ ފައި ބުރިވީ، އިނގުރައިދޫ ކައިރީ އޮތް ތިލައެއް ކައިރީ ރައްޓެހިންތަކަކާއެކު ފީނަން އުޅެނިކޮށް ލޯންޗުގެ ބުރަފަތީގައި ޖެހިގެންނެވެ. އެމީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެރަށު ސިއްހީ މަރުކަޒުގައެވެ.

އެއަށްފަހު އިއްޔެ އިރުއޮއްސުނު ހާއިރު އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑު ލޯންޗު "ވެލާނާ" އިން ރޭ 23:40 ގައި އެމީހާ ވަނީ މާލެ ގެނެސްދީފަ އެވެ. އެމީހާއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.