ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެ އިން ފުރައިގެން ފަސް މީހުންނާއެކު ދަތުރުކުރި 80 ފޫޓު ގެ "އޯޝަން ރައިޑާ" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. ތިލަފުށީ އުތުރުން ނުވަ މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓުގާޑު ސުކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ދޯނީގައި ތިބީ ދިވެއްސެއްގެ އިތުރުން ހަތަރު ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ކޮށްފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.