ސައިކަލެއް ވަގަށް ނަގައިގެން ގޮސް މީހެއްގެ އަތުން ފަނަރަހާސް ރުފިޔާގެ އަގުހުރި ފޯނެއް ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 23:45 ހާއިރު، ފޯނު ފޭރިގެންފައި ވަނީ، ވަގައްނަގާފައިވާ ސައިކަލެއްގައި ދިޔަ 26 އަހަރުގެ މީހެއް ކަމަށެވެ.

އަދި އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ބުނީ ފޭރިގަތް ފޯނު، އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި ފޯނު ފޭރުނު މީހާ ދުއްވި ސައިކަލް ޓޯ ކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.