އެމް.ޑަބްލިޔު.އެސް.ސީގެ ރަސްމީ ޓްވިޓަރ ހޭންޑެލް އާ އެއްގޮތައް، ފޭކް އައިޑީއެއް ހަދައިގެން ޓްވިޓަރ ބޭނުންކުރައްވާ ފަރާތްތަކާއި މުއާމަލާތް ކުރައްވަމުން ގެންދަވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިއަދު އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފޭކް އައިޑީއިން ދަނީ  އެކުންފުނީގެ ނަމަށާއި އަނބުރަށް ހުތުރުވާ ގޮތަށް ޓްވީޓުތަކަށް ޖަވާބު ދެމުންކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ އެ ކުންފުނީގެ ރަސްމީ އެއްވެސް އެކައުންޓަކުން ކަސްޓަމަރުންނާއި، ބޭއަދަބީކޮށް ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި މި އައިޑީއާއި މެދު ސަމާލުވުމަށް އެކުންފުނިން އެދެއެވެ.

މީގެ ކުރިންވެސް ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ރަސްމީ މީސްމީޑިޔާ އެކައުންޓްތަކާއި އެއްގޮތައް ފޭކް އެކައުންޓުތައް ހެދި މައްސަލަތައް ފެންމަތިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.