ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކުގައި އަޑުފޮއްޓާއި، ނޭވާހޮޅީގެ ކެންސަރެއް އޮޕަރޭޝަންކޮށް ނަގައިފިއެވެ.
އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަޑުފޮއްޓާއި، ނޭވާހޮޅީގެ ކެންސަރެއް އޮޕަރޭޝަންކޮށް ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ ޑރ. މުޙައްމަދު ޝިފާންއާއި އެ ހޮސްޕިޓަލްގެ ސާޖަރީ ޓީމުންކަމަށެވެ.
ޑރ. ޝިފާންއަކީ ކެންސަރު އޮޕަރޭޝަން ކުރުމަށް ހާއްސަ ފުރަތަމަ ދިވެހި ޑަކްޓަރެވެ.
ކާމިޔާބުކަމާއެކު މި އޮޕަރޭޝަން ނިންމާލުމުން ގިނަބަޔަކު ދަނީ ޑރ.ޝިފާން އަދި ޓީމަށް މަރުޙަބާ ކިޔަމުންނެވެ.