ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކޮށްފިއެވެ.

މިމައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ.

މިއަދު އޮންނަ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ. އެހެންކަމުން ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ބާއްވާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. އަދި ރައިސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައަޅަން އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް  ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހިމެނޭހެން އެތައް ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް ދިފާއުގައި ރައީސް ޔާމީން ހުށަހެޅުއްވީ އެންމެ ހެއްކެކެވެ. ކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.