މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މެންބަރުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް 35 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވާފައިވަނީ 11 މެންބަރުނެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމް ދީނަށާއި، ﷲ އަދި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީވެ، އެކަމާއި ދެކޮޅަށް ދީނީ ޢިލްމުވެރިންނާއި، އާންމު ރައްޔިތުން ދަނީ ވަރަށް ބޮޑަށް އަޑުއުފުލަމުނެވެ. އަދި އެމްޑީއެން އުވާލުމަށް ދަނީ ގޮވާލަމުންނެވެ

އެމްޑީއެންގެ ޗެއަރޕާސަން ނޫޝިން ވަހީދު ވަނީ މި މައްސަލަ ފެންމަތިވުމުން އެމްޑީއެންގެ މަގާމުން އިސްތިއުފާދެއްވާފައެވެ. ނޫޝިންއަކީ އެންޓި ޓެރަރިޒަމް ކަންކަމުގައި ރައީސް ޞާލިހަށް ލަފާދެއްވާ ކޮންސަލްޓެންޓެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ މަގާމުތަކެއް އެމްޑީއެންގެ މެންބަރުން އަދާކުރަމުން ދާކަމަށް ބުނެ މީސް މީޑިއާގައިވެސް ދަނީ ޝުއޫރުފާޅުކޮށް އެ ފަރާތްތައް މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ. އަދި އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ރައީސް ޞާލިހުވަނީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނޭކަން އިއުލާނުކޮށްފައެވެ.

އެމްޑީއެން އިން "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ނަމުގައި ނެރެފައިވާ ރިޕޯޓްގައި ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި އަގީދާއަށް ވަނީ ވަރަށް ބޯޑަށް ޖޯކު ޖަހާފައެވެ. އަދި ފަހުން އެ ރިޕޯޓު ދީނީ ޢިލްމުވެރިއެއްގެ އެހީގައި އިސްލާހުކުރާނޭކަމަށް ކަމަށްބުނެ ވަނީ މާފަށްވެސް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *