މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނުވަތަ އަމިއްލައަށް ކުށެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ނަމަ އެކަން އެކަން ތަހުގީގުކުރަން ޖެހޭނެ ކަމަށް އެޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ފައުންޑަރ ޝަހިންދާ އިސްމާއިލް ބުނެފިއެވެ.

ޝަހިންދާ މިހެން ބުނެފައި ވަނީ މިއަދު އޭނާ ކުރި ޓްވީޓެއްގައެވެ.

އެ ޓުވީޓުގައި ޝަހިންދާ ބުނީ، އެކަމާއި ގުޅިގެން ފުލުހުންނާއި އަދި ކަމާބެހޭ ފަރާތްތަކުން ކުރިޔަށް ގެންދާ ތަހުޤީޤަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޝަހިންދާ ވިދާޅުވީ، މީގެ ކުރިން ބަޔަކު ވަނީ މުޖްތަމައުގެ ތެރޭގައި ނަފުރަތު އުފައްދައި، އެތައް ބަޔަކަށް މަރުގެ އިންޒާރުތައް ދީ، ދޮގު މައުލޫމާތު ފަތުރާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފައި ކަމަށާއި، ނަމަވެސް އެ މައްސަލައަށް ސަމާލުކަން ނުދީ އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޓްވީޓުގައި ޝަހިންދާ ބުނީ ގާނޫނުގެ ކުރިމަތީގައި އެންމެނަކީވެސް ހަމަހަމަ ބައެއް ކަަމަށް ބުނާކަމަށާއި އެހެން ނަމަވެސް އެކަން ގަބޫލު ނުކުރާކަމަށެވެ.

އެމްޑީއެން ގެ ރިޕޯޓުގައި ވަނީ ގުރުއާނުންނާއި ހަދީޘް އަދި ސުންނަތުން ސާބިތުވާ ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަގެގ އިސްރާ މިއުރާޖުގެ ވާހަކަ ދޮގުކޮށް އެކަމަކީ އިންސާނުންގެ ބުއްދި ގަބޫލުކުރާ ކަމެއް ނޫންކަމަށް ޝާއިއު ކޮށްފައެވެ. މީގެ އިތުރުން އިސްލާމީ ބައެއް ހުކުމްތަކަށް އެ ރިޕޯޓުގައި ވަނީ ފާޑުކިޔައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.