ގެމަނަފުށީ މީހަކު ގެއްލިގެން ހޯދުމަށް މީސް މީޑިޔާގައި އާއްމު ފަރާތަކުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އަބްދުﷲ އައްބާދު ނަމަކަށް ކިޔާ އެމީހާ އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އޭނާގެ ބައްޕަ، އިބްރާހިމް ދީދީ / ސޯސަންގެ، ގއ. ގެމަނަފުށި ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

އަދި ބައްޕަ ހޯދަމުން ދަނީ މިއަދު ހެނދުނު ބާޒާރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

އަބްދުﷲ އައްބާދު ބުނީ އޭނާގެ ބައްޕައާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ  9762141 ނުވަތަ 7751810 ނުވަތަ 7750989 ނަންބަރު ފޯނާއި ގުޅައި މައުލޫމާތު ހިއްސާ ކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.