ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްތުވާތަކެތީގެ ބޯޓާއެކު ހިފެހެއްޓި ރާއްޖޭގެ މަސް ދޯންޏާއި ގުޅުން ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ މަސް ދޯންޏަކީ ހޭދަކުރި 7 ނަމަކަށް ކިޔާ މަސް ދޯންޏެއްް ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކ ދިއްފުށިން ކަމަށެވެ

އެގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ދޯނީގެ ވެރިޔާއެވެ.

މިިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައިވާއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން ދިވެހިންނާއި ދެ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. އަދި މަސްތުވާތަކެއްޗާއެކު އަތުލާގަތް ބޯޓުގައި ތިބި މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަސްތުވާތަކެއްވާޗާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފަހަށްޓާފައިވަނީ އިރާނުގެ ދިދަ ނެގި ބޯޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.