ލ. މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ސަމާލުކަމަށް ގެނައުމުން އެކަން ބަލަން ފަށައިފިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ، މާބައިދޫ ކައުންސިލަރެއް ކަމަށްވާ އަބްދުﷲ ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއި އޭނާގެ މައިދައިތައަށް ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކޮމިޓީއަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައަކީ ފުލުހުންވެސް ތަހުޤީޤު ކުރަމުންދާ މައްސަލައެއްކަމަށް ޖީހާން ވިދާޅުވިއެވެ.

ކޮމިޓީއިން ނިންމާފައިވަނީ އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑަރ މިނިސްޓްރީއިން ސާފު ކުރުމަށެވެ. ކޮމިޓީން ވަނީ އެ ތުހުމަތުގައި އަބްދުﷲ ރަޝީދު މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށްވެސް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.