ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކުރަމުންދާ ކާގޯ ޓާމިނަލްގެ މަތިން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 27 އަހަރުގެ މީހަކަށެވެ.

ފުލުހުން ވިދާޅުވީ އޭނާ ވެއްޓިފައި ވަނީ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕުން އެއާޕޯޓުގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށެވެ.

އަދި އޭނާ ވެއްޓިގެން އެއަޕޯޓު ފަސްޓް އެއިޑް އަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:20 އެހާކަށް ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ، އޭނާއަށް ބޭރުފުށުންނާއި، އެތެެރެ ހައްޓަށް ގިނަ އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެނެސްފައެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.