މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 7 އަހަރު ކުރިން 2012، ފެބްރުއަރީ 7 ވަނަ ދުވަހު މަގުމަތިން ވައްޓާލީ ބަޣާވާތެއް ކޮށްގެން ކަމަށް ބުނެ އެ މައްސަލަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

މިމައްސަލަ މަޖިލީހުން ބަލަން ފެށީ ކޮމިޓީއަށް ލިބުނު ސިޓީއަކާ ގުޅިގެންނެވެ.  ނަމަވެސް އެ ކަމުގެ ތަފްސީލެއް ކޮމެޓީން ހާމަކޮށްފައެއް ނުވެއެވެ.

ހަތެއް ފެބްރުއަރީގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ރައީސް ނަޝީދާ ދެކޮޅަށް ނިކުތެވެ. 

ރައީސް ނަޝީދަށް ފަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އެމަނިކުފާނުގެ ނައިބު، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެރިކަން ވެއްޓުނު މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. ބޭރުގެ ފަރާތްތަކުން އިސްކޮށް ތިބި ކޮމިޝަނުން ނިންމީ، ވެރިކަން ނިމުމަކަށް އައީ ބަޤާވާތަކުން ނޫން ކަމަށާއި، އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.