މިސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން 42 މަޝްރޫޢު ނިންމައިފިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިސަރުކާރު ހަވާލުވި ފަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 42 މަޝްރޫޢެއް ނިމިފައިވާ ކަމަށެވެ. އަދި އެމަޝްރޫޢުތަކަށް އެއް ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށާއި، އޭގެ ތެރެއިން 759 މިލިއަން ރުފިޔާ އަކީ އެ މަޝްރޫއުތަކަށް ދައުލަތުން ދައްކާފައިވާ ފައިސާ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު 136 މަޝްރޫޢެއް ހަވާލު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 29 މަޝްރޫޢެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. 

މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރު އައިފަހުން އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، މި ސަރުކާރުގެ ދުވެލި މަޑުކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.